2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އަތުން އަތުލުމަށްފަހު މޮރޮކޯ އަށް ދޭން ނިންމި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމައިފިއެވެ.
ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކާސް އިން މި މައްސަލަ ބަލަން ނިންމާފައިވާ އެ އިދާރާގައި ހެދިފައިވާ އުސޫލުތަކުގައިވާ ޓައިމްލައިނާއި އެއްގޮތަށެވެ. އަދި އެ މައްސަލައިގައި އަޑުއެހުންތައް ފެށި ނަމަވެސް މައްސަލާގައި ގޮތެއް ނިންމާނީ ފަހުން ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.
ސެނެގާލް އިން މި މައްސަލަ ކާސް އަށް ހުށައަޅާފައިވަނީ ފައިނަލު މެޗުގައި ހިނގާދިޔަ ކަންތައްތައްކުގެ މައްސަލަ މޮރޮކޯ އިން އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ސެނެގާލް އަތުން ޗެމްޕިއަންކަން ނަގާފައިވަނީ މިދިޔަ ޖެނުއަރީ މަހު މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގައި ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފޭބި މައްސަލަ ބެލުމަށްފަހުގެވެ. ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ސެނެގާލް ވަނީ މޮރޮކޯ ބަލިކޮށްފައެވެ.
ސެނެގާލްގެ ކުޅުންތެރިން މެޗު ނުކުޅެ ދަނޑުން ފައިބާފައިވަނީ މެޗުގެ އިތުރު ވަގުތުގައި މޮރޮކޯ އަށް ރެފްރީ ޕެނަލްޓީ އެއް ދިނުމާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އަދި އެކަންތައް ހައްލުކޮށް އަލުން ފައިނަލް މެޗުގެ ކުޅުން ފަށާފައިވަނީ 17 މިނިޓަށް މެޗު މެދުކަނޑާލުމަށްފަހުގަ އެވެ.
ފައިނަލް މެޗުގެ ކުޅުން އަލުން ފެށިއިރު މޮރޮކޯއަށް ލިބުނު ޕެނަލްޓީ ބްރާހިމް ޑިއާޒް ފޮނުވާލިއިރު ސެނެގާލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. މި މެޗުން ސެނެގާލް މޮޅުވެފައިވަނީ އިތުރު ވަގުތުގައި ޕާޕޭ ގުއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާގައި ބުނެފައިވަނީ ޓީމަކުން މެޗު ކުޅެން ދެކޮޅު ހަދާ ނުވަތަ ރެފްރީގެ ހުއްދަ ނެތި ދަނޑުން ފައިބައިފިނަމަ އެ ޓީމެއް ބަލިވި ކަމަށް ނިންމާ މުބާރާތުން ވަކިކުރެވޭނެ ކަމަށެވެ.
އެފްކޮން ފައިނަލުގެ މައްސަލަ ކާސް އިން ބަލަން ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ