ސައުދީން ހަދިޔާކުރި ކަދުރު ކައުންސިލްތަކާއި އަދި މިސްކީނުންނާއި ފަގީރުންނަށް، ހަވާލުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކަދުރު ބަހާނީ 1441 ވަނަ އަހަރު ފަގީރުންގެ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަގީރަކަށް 1 ޕެކެޓް ކަދުރުގެ އުސޫލުން ކަމަށާއި ކަދުރު ބަހާނީ ކަދުރާއި ހަވާލުވާ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު ބެލުމަށްފަހު ކަމަށެވެ.
Articl Inline Image
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށް ނުވަތަ އަތޮޅު ތެރެއަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. ކަދުރު ބަހާނީ 7 އެޕްރީލްވާ ބުދަ ދުވަހުން ފެށިގެން 29 އެޕްރީލްވާ ބުރާސްފަތި ދުވަހުގެ 12 ޖެހުމާ ހަމައަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކައުންސިލްތަކާއި އަދި މިސްކީނުންނާއި ފަގީރުންނަށް، ކަދުރު ހަވާލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ