ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފި

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާ، ކާފިއުގެ ވަގުތު ކުޑަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ލުއިތައް އިއުލާން ކުރައްވާ، ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ކާފިއު ހިންގަމުން އައީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށެވެ.
މީގެ އިތުރުން، އެކަނި ކަސްރަތު ކުރަން ނުކުތުމުގެ ފުރުސަތު ދޭންވެސް ވަނީ ނިންމާފައެވެ. އަދި ކަސްރަތު ކުރެވޭނީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވަނީ ކަސްރަތު ކުރަން ދިޔަ ކަމުގައި ވީ ނަމަވެސް، މީހުންނާ ވާހަކަ ދައްކަން ނުތިބުމަށާ، އެއް ގެއެއްގައި އުޅޭ މީހުންނާއެކު ނޫނީ ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
މި ލުއިތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިން ނަމަވެސް، ގިނަ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ދިނުމަށް ނިންމާފައެއް ނުވެއެވެ. އެގޮތުން، ކެފޭ ރެސްޓޯރެންޓުތައް މިހާރުވެސް ހިންގަމުން އަންނަ ގޮތަށް ހިންގުމަށް ނިންމާފައި ވާއިރު، ސްކޫލުތަކާއި ކޮލެޖުތަކަށް އަޅާފައިވާ ފިޔަވަޅުތައްކަށްވެސް ލުޔެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ