ނ. ވެލިދޫ ކައުންސިލްގެ ހުސްވެފައިވާ ނައިބު ރައީސްގެ ގޮނޑި އަށް ސަރުކާރު ކޮލީޝަނުން ގެނައުމަށް ނިންމާފައި ވަނީ ޕީޕީއެމް އިބްރާހިމް ގާސިމްކަން ނޫނު ޑެއިލީ އަށް ކަށަވަރު ވެއްޖެ އެވެ.
ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އިއްޔެ އެމްޑީއޭގެ މެމްބަރު އަލީ މުޖްތަބާ ކާމިޔާބު ކުރެއްވުމުން ސަރުކާރު ކޮލީޝަނަށް ވަނީ ކައުންސިލްގެ މެޖޯރިޓީ ގޮސްފަ އެވެ. އެހެންކަމުން ކައުންސިލްގެ ނައިބު ރައީސް ގޮނޑި ސަރުކާރު ކޮލީޝަނުން ނެރޭ ފަރާތަކަށް އެއް ވެސް ހުރަހެއް ނެތި ދާނެ އެވެ. މީގެ ކުރިން ވެސް އިބްރާހިމް ގާސިމް ވަނީ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. ނަމަވެސް އޭރު އެއް ވެސް ބަޔަކަށް މެޖޯރިޓީ ނުލިބޭތީވެ، ވޯޓު ހަމަހަމަވުމުގެ ސަބަބުން ނައިބު ރައީސަކު ވަނީ ނުހޮވިފަ އެވެ.
އިތުބާރު ހުރި ގޮތަަކަށް އެންޑީ އަށް މައުލޫމާތި ލިބިފައިވާ ވަނީ އެމްޑީއޭ އިން ވެސް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ކަމަށް ނެރުމަށް ތާއިދު ކުރަނީ އިބްރާހިމް ގާސިމް އަށް ކަމަށެވެ.
ފަސް ކައުންސިލަރުން ހިމެނޭ ވެލިދޫ ކައުންސިލްގެ ނައިބު ރައީސްގެ ގޮނޑި ހުސްވީ އެމްޑީޕީގެ ޓިކެޓުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖޫން މަހު އިސްތިއުފާ ދެއްވުމުންނެވެ. ވެލިދޫ ކައުންސިލްގެ ރައީސް ކަމުގައި މިހާރު ހުންނަވަނީ އެމްޑީޕީ ކައުންސިލަރު އަސްމާ ހުސެއިންނެވެ.
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނައިބު ރައީސަކު ހޮވުމަށް އެޖެންޑާ ކުރި ނަމަވެސް އެކަން ވަނީ ފެއިލްވެފަ އެވެ.
ވެލިދޫ ކައުންސިލްގެ ނައިބު ރައީސްކަން ގެންދާނެ ކަމަށް ބެލެވެނީ އިބްރާހިމް ގާސިމް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ