ޑިޕްރެޝަންގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ބުނާ އުމުރުން 24 އަހަރުގެ އަންހެނަކު އަމިއްލައަށް މަރުވުމުގެ ހުއްދަ ބެލްޖިއަމްގެ ކޯޓަކުން ދީފިއެެވެ.
މިއަންހެން މީހާގެ ފުރިހަމަ ނަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. މީޑިއާ ތަކުގައި އެއަންހެން މީހާ އާއި މުހާތަބު ކޮށްފައި ވަނީ "ލައުރާ" ގެ ނަމުންނެވެ.
ބެލްޖިއަމްގެ ނޫހަކުން ބުނީ ކުޑައިރުއްސުރެ ޑިޕްރެޝަން ހުންނަ ކަމަށް އަންހެން މީހާ ޑޮކްޓަރަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ އަށް ސައިކޭޓްރިސްޓުން ވެސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް އުމުރުން 21 އަހަރުން ފެށިގެން އޭނާ ބޭނުން ވަނީ އަމިއްލައަށް މަރުވާން ކަމަށް މީޑިއާތަކުން ބުނެއެވެ.
ލައުރާ މިހާރު ވަނީ އޭނާގެ ޖަނާޒާގެ ކަންތައްތައް ވެސް ރާވާފައެވެ. އަދި ޖަނާޒާގެ ދައުވަތު އޭނާގެ މަންމަ އަށާއި މާމަ އަށް ދޭން އޭނާ ވަނީ ނިންމާފައެވެ.
ލައުރާ އަމިއްލައަށް މަރުވުމުގެ ހުއްދަ ކޯޓުން ދީފައި ވީނަމަވެސް އޭނާ އަމިއްލައަށް މަރުވާނެ ދުވަހެއް އަދި އަމިއްލައަށް މަރުވާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ބެލްޖިއަމްގެ ޤާނޫނު ހަދާ މަޖިލީހުން 2002 ވަނަ އަހަރު ފާސްކުރި ޤާނޫނެއް ބުނާ ގޮތުން އަމިއްލައަށް މަރުވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެފުރުސަތު އޮވެއެވެ. އެޤާނޫނު ފާސްކުރުމާއި ގުޅިގެން 1800 އަށް ވުރެ ގިނަ މީހުން ވަނީ އަމިއްލައަށް މަރުވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހެއް ބުނާ ގޮތުން އަމިއްލައަށް މަރުވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ބަލި މީހުންނަށެވެ.
އަންހެނަކު އަމިއްލައަށް މަރުވުމުގެ ހުއްދަ ކޯޓުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ