ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވައިފި

ހޯމް މިނިސްޓަރުކަމުން އުމަރު ނަސީރު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އުމަރު މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޯމްމިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށްށާއި  އެހެން ހުރިހާ ބޭފުޅުން ދެއްވި އެއްބާރު ލުމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.
މިނިސްޓަރު އުމަރު އިސްތިއުފާ ދެއްވިކަން އާންމުކުރެއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ޑީއެންއޭގެ ސާމްޕަލާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދިމާވާ ކަމަށް ނާޒިމްގެ ވަކީލުން ހާމަކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2013 ގެ ނޮވެންބަރު މަހު ތެރޭގައެވެ. އުމަރުގެ ހޯމް މިނިސްޓަރު ކަމުގެ ދައުރުގައި ރައީސް ޔާމިން ވަނީ ހޯމް މިނިސްޓަރަށް ލިބިދޭ ބައެއް ބާރުތައް ހަނި ކުރައްވާފައެވެ.
މިހާރުގެ ރައީސް ޔާމިން އާއި އެކު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައިވެސް އުމަރު ވަނީ ވާދަކުރައްވާފައެވެ. އުމަރު މީގެ ކުރިން ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ ރައީސް ޔާމީނަށް ދަންނަވާފައި ވަރަށް ރީތިކޮށް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރާ ވަކިވި ނަމަވެސް ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާ ރައީސް ޔާމީނަށް ތާއީދު ކުރެއްވުމުގައި ހުންނަވާނެ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ.......
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ