މައިކިޔު ސްޓަޑީ ފެއަރ: ބޭރުން ކިޔެވުމަށް ގިނަ އެޕްލިކޭޝަންތަކެއް

މައިކިޔު ސްޓަޑީ ފެއަރގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމަށް ބޭނުންވާ ގިނަ ކުދިންގެ އެޕްލިކޭޝަންތައް ލިބެމުންދާކަމަށް މައި ކިއު ސްޓަޑީޒްއިން ބުނެފިއެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ފެއަރ ދަނީ ކުރިއަށް ގެންދަމުންނެއެވެ.
މައި ކިއު ސްޓަޑީޒްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި ފެއަރގެ ތެރެއިން އެކި ޤައުމުތަކުގެ އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތައް ހިއްސާކުރާނެއެވެ. މިއަހަރުގެ ފެއަރގައި މެލޭޝިޔާއާއި، އެމެރިކާއާއި، ޗައިނާއާއި، އިންޑިއާގެ އިތުރުން އިންޑޮނޭޝިއާގެ ޔުނިވަރސިޓީތައް ވަނީ ބައިވެރިވެފައެވެ.
މި ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ވަނީ ފަހިކޮށްފައެވެ.
މައި ކިއު ސްޓަޑީޒްއިން ބުނީ މާލޭގައި ބޭއްވި ހަރަކާތައްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. ހުޅުމާލޭ ބްރައިޓްވޭ ސުކޫލްގައި ބޭއްވި މި ހަރަކާތައްވެސް 300އަށް ވުރެ ގިނަ ކުދިން ޒިޔާރަތްކޮށްފައިވާކަމަށާއި، މިހާތަނަށް 10 ކުއްޖެއް ޖާގަ ޔަޤީންވެފައިވާކަމަށް އެފަރާތުން ބުނެއެވެ.
މި ފެއަރގެ ބައިވެރިއެއްކަމަށްވާ އެޑުކޭޝަން މަލޭޝިއާ ގްލޯބަލް ސާރވިސަސްގެ ފަރާތުން ބުނީ މަލޭޝިއާގެ ކުނިވާރސިޓީތަކަކީ ވަރަށް ހެޔޮ އަގުގައި ތައުލީމު ހާސިލްކުރެވޭނެ ޔުނިވަރސިޓީތަކެއްކަމަށެވެ.
އޮސްޓޭރިލާ ޔޫކޭ ފަދަ ޤައުމުތަކާ އަޅާބަލާއިރު، މަލޭޝިއާގެ ޔުނިވަރސިޓީތައް އަގުހެޔޮކަން އެފަރާތުން ފާހަގަކުރެއެވެ. އަދި މަލޭޝިއާގެ ޔުނިވާރސިޓީތަކަކީ އެފޯރޑަބަލް އަދި ސްޓޭންޑަރޑް ތަންތަންކަމުގައި ފާހަގަކުރިއެވެ. މަލޭޝިއާއަކީވެސް މުސްލިމު ޤައުމަކަށްވެފައި ސަގާފީގޮތުން ބެލިޔަސް ރަނގަޅުތަނެއްގެ ގޮތުގައި ފާހަގަކުރިއެވެ.
"ސެކުއިރިޓީއާމެދު ވިސްނާކަށް ނުޖެހޭނެ. ކޯހުގެ ކަންކަމާމެދު ވިސްނާކަށް ނުޖެހޭނެ. ވާހަކަ ދައްކާ ބަހަކާއި މެދު ވިސްނާކަށް ނުޖެހޭނެ. ދެ ޤައުމަކީވެސް އިނގިރޭސިން ވާހަކަ ދައްކާ ދެޤައުމު. އެހެންވީމަ ހުރިހާ ކުދިންނަށްވެސް ދައުވަތުދެން މަލޭޝިއާގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް" މަލޭޝިއާ ގްލޯބަލް ސާރވިސަސްއިން ފާހަގަކުރިއެވެ.
މައި ކިއު ސްޓަޑީސްއިން ބުނީ، މިއަހަރުގެ މި ފެއަރގައި 330 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއީ 2019ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު އެންމެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވާ އަހަރު ކަމަށެވެ.
މައި ކިއު ސްޓަޑީޒްއިން އަންނަނީ، 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި މި ފެއަރ ބާއްވަމުންނެވެ. ފެއަރގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ