ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރާތީ ލަންކާ ރައްޔިތުން ނުކުތުމުން ފެނާ ކަރުނަގޭސް ޖަހައިފި

މިދިއަ އަަހަރު ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބާއްވައި އަދިވެސް ލަސްކުރަމުން ގެންދާތީ ލަންކާގެ އެތައް ހާސް ރައްޔިތުން ޕާލަމަންޓް ހައުސް ކައިރިއަށް އެއްވުމުން ފެން ބަޑިއާ ކަރުނަގޭސް ޖަހައި އެންމެން ފޮނުވާލައިފިއެވެ.
މި ހާދިސާގައި ޕާލަމެންޓުގައި ހިމެނޭ އިދިކޮޅުު 10 ވަރަކަށް އެމްޕީންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ސަރުކާރުން ބުނަމުން ގެންދަނީ އިންތިޚާބުތައް ލަސްވަނީ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރާތީ ކަމަށެވެ. އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ އިންތިޚާބު ލަސްކުރަނީ ތާއީދު ހޯދަން ކެންޕޭނުކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ