މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ވައިޓް އެލާރޓް ނެރެފި

އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ  މި ސަރަޙައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ޤައުމީ މޫސުމާ ބެހޭ އިދާރާއިން މިއަދު ނެރެފައިވާ އެލާރޓްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 12:45 އިން ފެށިގެން އިރުއޮއްސި 18:00 އަށް،އުތުރާއި މެދު ރާއްޖެރެތޭގެ  އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި ވިލާގަނޑުގައި 23 މޭލާއި 30 މޭލަށް ވައިދަދަވާނެކަމަށާއި، މިސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ އިރު، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ