އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބު ޖެނުވަރީގައި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަލޮޅު އުތުރު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް މިދިޔަ މަހު ބޭއްވި އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް އެއްވެސް ކެންޑިޑޭޓެއް ކުރިމަތިލާފައިނުވެއެވެ. ގަލޮޅު އުތުރު ދާއިރާގެ އިންތިހާބު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުންކުރެ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ 9:00 ން ފެށިގެން ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ 13:30 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަޙަޅަންޖެހޭ މައުލޫމާތާއި ތަކެތި ހުށަހަޅަންޖެހެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުވަރީ 10 ވަނަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން ޖެނުވަރީ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށް އެ ކައުންސިލްގެ އިދާރާގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަލޮޅު އުތުރު ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 09:00 ން ހަވީރު 04:00 އަށެވެ. ވޯޓް ގުނަށް ފަށާނީ ހަމަ އެދުވަހު ވޯޓު ނަގައި ނިމޭތާ 30 މިނިޓުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ