ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނިގެން އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އަލުން ބަލައިދިނުން އެދި އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މީގެ ކުރިން ވެސް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ އެމައްސަލަ ބަލައި ނުގަތުމަށެވެ.
ނާޒިމްގެ މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ކުރިން ނިންމީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ވެސް ފެނިފައި ވަނިކޮށެވެ. އަދި އެމައްސަލައިގައި ނާޒިމްގެ ފަރާތުން ކޯޓަށް ހެކިބަސް ދިނުމަށް މީހެއްގެ ނަން ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ނާޒިމްގެ މައްސަލަ ނުބަލަން ނިންމި ނަމަވެސް ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި ނާޒިމް މިނިވަން ކުރަން އަމުރު ކޮށްފައިވެއެވެ. ފަހުން ސުޕްރީމް ކޯޓުން ވަނީ އެއަމުރު ބާތިލް ކޮށްފައެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އާހެކިތަކަކާއި އެކު ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމާ މައްސަލަތައް އެކޯޓުން އަލުން ބެލުން އެއީ މީގެ ކުރިން ކޮށްފައިވާ ކަމަކަށް ނުވިނަމަވެސް އެކަން ކުރަން ސުޕްރީމް ކޯޓަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ވަކީލުން ވިދާޅުވެއެވެ.
ގިނަ ދުވަސްތަކަކު ނާޒިމް ގޭބަންދުގައި ހުންނެވި ފަހުން ފެބްރުއަރީ 01 ގައި އަމުރު ނެރުމާއި އެކު އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.
ކާނަލް ނާޒިމްގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ