ދުނިޔޭގެ 1.5 ބިލިއަން މީހުންނަކީ ޓެރަރިސްޓުންބާ؟

ފްރީޑަމް އޮފް ސްޕީޗް’ގެ ދަށުން އެމީހަކު ހިތުހުރިހާ އެއްޗެއް ލިޔަމުންދަނީ ‘އިސްލާމް ދީން ބަދުނާމު’ ކުރުމަށް ކަމުގައިވަނީ ނަމަ އެއީ ‘ފްރީޑަމް އޮފް ސްޕީޗް’ގެ ދަށުން ހިންގޭ ނުބައިވެގެންވާ ޖަރީމާއެކެވެ.އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގޮތުން ޢައިރު މުސްލިމުން އެންމެ ގަދަބާރުލާފައި ދައްކަމުންދާ ވާހަކައަކީ ‘މުސްލިމުންނަކީ ޓެރަރިސްޓުން’ ކަމުގައެވެ. ހިތާމައަކީ ދިވެހިބަހުން ލިޔާ، ދިވެހިބަހުން ވާހަކަ ދައްކާ ‘ދިވެހިން’ ވެސް އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާކަމެވެ.ކެލިފޯނިއާގެ މަޝްހޫރު ވެބްސައިޓެއްކަމުގައިވާ ‘ދަރިޕޯޓާރ’ގައި ލިޔެފައިވާ ގޮތުގައި ‘ހުރިހާ މުސްލިމު އަންހެނުންނާއި ފިރިހެނުންނަކީ ޓެރަރިސްޓުން’ ކަމުގައެވެ. އެވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ‘ހުރިހާ’ މުސްލިމުންނަކީ ‘ޓެރަރިސްޓުން’ނެވެ. އޭގެ މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރުއުޅޭ 1.5 ބިލިއަން މީހުންނަކީ ޓެރަރިސްޓުންކަމުގައެވެ. މިއީ އެންމެ ސައިޓެއްގެ ވާހަކައެކެވެ. މިފަދަ އެތައް ވާހަކައެއް އިންޓަނެޓްގެ މަޝްހޫރު ސައިޓްތަކާޢި ދުނިޔޭގެ ކަންކޮޅުގައި ނެރެމުންދާ ނޫސްތަކުންނާއި މީގެ އިތުރުން ޓީވީ ޗެނަލްތަކުން ކެނޑިނޭޅި ފަތުރަމުންދެއެވެ.އެމެރިކާގެ 2008 ވަނަ އަހަރުގެ ކުށުގެ ރެކޯޑަށް ބަލާއިރު މެޖޯރިޓީ ކުށްވެރިންނަކީ މުސްލިމުންނެއް ނޫނެވެ. އެމެރިކާގެ މަގުތަކުގައި ހިނގާ ތަފާތު މަރާމާރީ އާއި ބަޑިޖެހުމުގެ ހާދިސާ ހިންގާފައިވަނީވެސް މުސްލިމު ނޫން މީހުންނެވެ. ރޭޕްކުރުމާއި ފާޅުގައި ފުރައްސާރަ ކުރުމުގެ ފާހިޝް އަމަލުތައް ހިންގާފައިވަނީ މުސްލިމު ނޫން އެމެރިކާނުންނެވެ. އެހެނަސް އެމީހުން ބުނާ ގޮތުގައި މުސްލިމަކު ‘ކުށެއް’ ކޮށްފިނަމަ އެއީ އިސްލާމް ދީނުގެ މައްސަލައެކެވެ. އެމީހަކަށް ދޭންޖެހޭ އެންމެ ބޮޑު އަދަބު ދެވެން ޖެހޭނެއެވެ. އަދި ނޫސްތަކުގެ ފަލަ ސުރުހީގައި އެވާހަކަ ލިޔެވެން ޖެހޭނެއެވެ. އެހެނަސް މުސްލިމު ނޫން މީހެއް ‘އެއްވެސް ޒާތެއްގެ ކުށެއް’ ކޮށްފިނަމަ އެއީ އެމީހެއްގެ ‘ސިނކުޑީގެ މައްސަލަ’އެކެވެ. އެމީހެއްގެ ވާހަކަ އެއްވެސް ނޫހެއްގައި ޖެހިގެން ނުވާނެއެވެ. އެމީހަކަށް އަދަބު ދިނުމުގެ ބަދަލުގައި ‘ފަރުވާ’ ދޭން ސެންޓަރަކަން ‘ހާއްސަ’ ޖާގަ އެއް ދޭންޖެހޭނެއެވެ.މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި ކަނޑައަޅާ އިއުލާން ކުރުމުގެ ކުރިން އަޅުގަނޑު މިދަންނަވާ ވާހަކަ ތަކަށް ވިސްނާލާށެވެ. އެމެރިކާގެ ޖަލުތަކުގެ މެޖޯރިޓީއަކީ ކަޅު އެމެރިކާނުންނެވެ. އެހެންވީއިރު އެމެރިކާގައި ކުށްކުރާ މީހުންނަކީ ‘އެމެރިކާގެ ހުރިހާ ކަޅު މީހުން’ ކަމުގައި ނިންމިދާނެތޯއެވެ؟ ރޭޕްކުރުމުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ޗާލު ދޮން މީހުންނެވެ. އެހެންކަމުން އެމެރިކާގައި ރޭޕްކުރަނީ ‘ހުރިހާ ދޮން މީހުން’ ކަމުގައި ބުނެވިދާނެތޯއެވެ؟ ޔަހޫދީންނަކީ ކްރިސްޓިއަނުންނާއި ދެކޮޅަށް އެމެރިކާގެ ބިމުގައި އެންމެ ގިނަ ‘ހަމަލާ’ތައް ހިންގާފައިވާ މީހުންނެވެ. އެހެންކަމުން ޔަހޫދީންނަކީ ‘ދީނީ ހަމަލާ’ތައް ދޭ މީހުންކަމުގައި ނިންމާ ސިއްކަ ޖެހިދާނެހެއްޔެވެ؟ނޫނެކެވެ. މުސްލިމުންގެ މަދު ބަޔަކު ހިންގާ ޖަރީމާތަކުގެ ޒިންމާ ދުނިޔޭގައި އުޅޭ 1.5 ބިލިޔަން މުސްލިމުން އުފުލަންޖެހުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި އެއީ އިސްލާމް ދީނުގައި އެޖަރީމާތައް ހިންގުމަށް ހިތްވަރު ދިނުމެއްވެސް ނުމެނޫންމެއެވެ. އަޅުގަނޑުމެން މުސްލިމުން މިފަދަ ‘ފިކުރީ ހަމަލާ’ތަކަށް ސަމާލުވާންޖެހެއެވެ. އަޅުގަނޑުމެން މުސްލިމުންނަކީ ކުށްވެރިންކަމުގައި ހަދާ އަދަބުދޭން ޢައިރު މުސްލިމުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ތަފާތު ނަންނަމުގައެވެ. ‘ފްރީޑަމް އޮފް ސްޕީޗް’، ‘ޑިމޮކްރަސީ’ ނުވަތަ ‘ހިއުމަން ރައިޓްސް’ ކިޔަސް ‘ގިނަ ފަހަރު’ ކުރަމުންދާ މަސައްކަތަކީ މުސްލިމުންނާއި ދިމާކުރުމެވެ. މީގެ ހެކި ދުނިޔޭގެ ހުރިހާ ދިމާލެއްގައި އުޅޭ މުސްލިމުންގެ ހާލަށް ބަލާލިޔަސް ފެންނާނެއެވެ. މީގެ ހެކި މުސްލިމުންގެ އުދާސްތަކުން އަޑުއިވިގެންދާނެއެވެ. ބުއްދިވެރި މުސްލިމުންނަކީ މިފަދަ ‘ހަމަލާ’ތަކަށް ސަމާލުވެގެން ހުންނަ މުސްލިމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ