މަގުބޫލު ލިޔުންތައް ސިއްޙީ ޚިދުމަތުގައިއޮތް މުވައްސަސާއެއްގެ ގަޑުބަޑު:މުވައްޒަފުން އައިސީޔޫގައި ޝަކޫރަށް ސްޓްރޯކެއްޖެހި ސިކުނޑީގެ މޭޖރ ސާޖަރީއެއް ކުރަންޖެހިފައި، އާއިލާއިން އެދެނީ އެހީތެރިކަމަށް! އައްޑޫ ޑްރައިވިން ސްކޫލްގެ މުވައްޒަފެއްގެ ޚިޔާނާތުގެ މައްސަ

ރާއްޖޭގެ ކުޅިވަރު ދާއިރާއިން އެވޯޑް ދިނުމަށް ބޭއްވި ހަފުލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދެ ބޭފުޅަކަށް ދެއްވައިފިއެވެ. މި އެވޯޑު ދެއްވާފައިވަނީ އަލް މަރްޙޫމް އަޙްމަދު ހާފިޒާއި އަބްދުލް ސައްތާރު ހަސަނަށެވެ.
ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރި އަބްދުއްސައްތާރަކީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތް “އޭޝިއަން އެފްރިކަން އެންޑް ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލް ޓެނިސް ޓޯނަމަންޓް”ގެ ޓީމުގެ ކެޕްޓަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިމުބާރާތް ބޭއްވީ ޗައިނާގައެވެ.
އަބްދުއްސައްތާރަކީ ޓެނިހާއި ފުޓްބޯޅައާއި ޓޭބަލް ޓެނިހާއި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި ވަކިން ޚާއްސަކޮށް ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭއިރު އަބްދުއްސައްތާރަކީ ވަނީ އެ ކުޅިވަރުން ގިނަ ވަނަތަކެއް ހާސިލްކުރައްވައިފައެވެ. އެގޮތުން 1963 އިން 1975 ގެ ނިޔަލަށް ބޭއްވި ހުރިހާ މުބާރާތެއް ކާމިޔާބުކުރައްވައި، މެދުނުކެނޑި 13 އަހަރު ޓޭބަލް ޓެނިހުގެ ޗެމްޕިއަންކަން ސައްތާރު ވަނީ ދިފާއުކުރައްވާފައެވެ.
ސަރުކާރު މުވައްޒަފުންގެ ނާދީން ކުރިޔަށްގެންދިޔަ ޓޭބަލް ޓެނިސް ގިނަ މުބަރާތްތަކުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯއްދެވުމުގެ އިތުރުން، ޕިންޕޮން ސްޓައިލަށް ކުޅެމުން އައި ޓެނިހުގެ ވައްޓަފާޅި ބަދަލުކުރައްވައި ޒަމާނީ ކުޅުންތެރިއެއްގެ މިސާލުވެސް ސައްތާރު ވަނީ ދައްކަވާފައެވެ.
ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެން ލިބިވަޑައިގެންނެވި އަލް މަރްޙޫމް އަޙްމަދު ހާފިޒަކީ ދިވެހި ކުޅިވަރުގެ ލެޖެންޑެކެވެ. ކުޅިވަރުގެ ދާއިރާއަށް ބަލައިފިނަމަ މަރްހޫމް ހާފިޒް ފާހަގަކޮށްލެވެނީ ބާސްކެޓް ބޯޅައިންނެވެ.
އޭނާގެ ޚިދުމަތް ދައުލަތަށް ލިބެންފެށީ މީގެ 43 އަހަރު ކުރީންނެވެ. އެނާ ވަނީ 1991 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އެވޯޑުވެސް ހާސިލްކުރައްވައިފައެވެ. އެއީ ކަނޑުފަޅު ހާވައި ކުރެއްވި ދިރާސާތަކާއި މަސްވެރިކަން ޕްރޮމޯޓް ކުރެއްވުމަށް ކުރެއްވިމަސައްކަތް ތަކުގެ ސަބަބުންނެވެ.
ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަން އުފެއްދުމުގައި ވެސް މަރްހޫމް ހާފިޒަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން އިންތިޚާބު ކުރިއިރު ހާފިޒް ވަނީ އެންމެ ފުރަތަަމަ ބޭއްވި ބާސްކެޓް އިންތިޚާބުވެސް ކާމިޔާބު ކުރައްވާފައެވެ.
ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) ގެ ރައީސްކަންވެސް ހާފިޒު ވަނީ 2014 ވަނަ އަހަރު ކުރައްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ