މަސްވެރިން މަސްހޯދަން ކަނޑުގަ ދުއްވާއިރުގަ ބައެއް މީހުން "ރަންދިއޭ، ވަޑައިގަންނަވާށޭ" އެބަ ގޮވާ! އެއީ މައްސަލައެއްތޯ؟

އާދެ، މިހާރު ޚިޔާލީ އެއްޗެއް އެއީ. ރަންދިއޭ އަޅުގަނޑަށް ހީވަނީ ރަންދީމަސް އެއީ ކަޅުބިލަ މަހަށް އެބަ ކިޔާ ދިވެހިން ރަންދީ މަހޭވެސް. ރަންދީ އަންނާށޭ. ޚިޔާލީ ގޮވުމެއްތާ އެއީ. އެ ގޮވުމަކުން ނެތް މައްސަލައެއް. އެ މަހަށް އެ ގޮވަނީ. މަހާ އަންނާށޭ ދޯނި ކައިރިއަށް. އެއީ ދެން ޚިޔާލީ އެއްޗެއް ކަމަށް އަޅުގަނޑަށް ފެންނަނީ އެއީ. ފެންނަން ނެތް އެއްޗަކަށް ގޮވުމެއް ނޫން އެއީ. 
ދެން މިސާލަކަށް އެ އަޤީދާގެ މަތީގަ ގޮވައިފިއްޔާ މައްސަލަ ޖެހޭނެ. މިސާލަކަށް ބައެއް މީހުން އެގޮތަށް ގޮވީމަ މަސް އަންނާނެއޭ. އެގޮތަށް ދެކެފިއްޔާ އެއީ މައްސަލައެއް. އެހެން ގޮވިޔަކަސް މަހެއް ނާއްނާނެ. މަހަކަށް އަޑެއް އިވޭނީކީވެސް ނޫން. މަހަކީ ބުއްދިއެއް ހުރި އެއްޗެއްވެސް ނޫން. މަހަށް އަދި ގޮވިކަމުގައިވިޔަސް މަހެއް ނާންނާނެ. ހަމަ ﷲ ދެއްވާ ރޯއްޖެއް އެއީ. ﷲ ދެއްވައިފިއްޔާ ލިބޭނީ. އެހެންވީމަ، އެ ނިޔަތުގަ އެ އަޤީދާގެ ދަށުން އެގޮތައް ގޮވައިފިއްޔާ އެއީ މައްސަލައެއް. އެހެނެއް ނޫން ޚިޔާލީ ގޮތެއްގަ އެގޮތަށް ގޮވައިލުމަކުން މައްސަލައެއް ނޫން އެއީކީ. 
- ޝައިޚް މުޙައްމަދު އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ