މާލޭގައި ޓެރެކް ސަރަހައްދާއި ގިނަ ކެފޭތައް ހިންގަމުން އަންނަ އަލިމަސް ކާނިވާ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. 
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޓްރެކް ސަރަހައްދު ފަތާފެންގަނޑެއް ގޮތަށް ތަރައްގީކޮށް ނިމޭއިރު އެ ސަރައްދުގައި ފާހަނާބަރި އަކާއި ޗޭންޖިންރޫމްގެ އިތުރުން ފެންވަރާތަނެއް ހުންނާނެ ކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމަށް ލައިފްގާރޑް ހިދުމަތް ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާ މޫދަށް އެރެވޭނެ ވަކި ގަޑި ތަކެއް ކަނޑައެޅޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ. 
ހަމަ އެހެންމެ އެސަރަހައްދު ބަލާ އިނިސްޕެކްޓް ކުރެވޭނެ ނިޒާމް ތައާރަފްކޮށް އަދި ސިއްހީ މިންގަނޑަށް ފެތޭ ސަރަހެއްދެއްގެ ގޮތުގައި އެ ސަރައްހައްދު ހެދުމަށް ރޭވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 
މީގެ އިތުރުން ކާނިވާ ސަރަހައްދު ތަރައްގީ ކުރުމަށް 1600 އަކަފޫޓްގެ ޕާކިން އޭރިޔާއެއް ހެދުމަށާއި އެ ސަރަހައްދުގައި ކުޑަ ކުދިންނާ ގުޅުންހުރު ތަފާތު ކުޅިވަރުތަށް ކުޅެވޭގޮތަށް ތަރައްގީކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި މިހާރުވެސް ހުންނަ ގޮތަށް ކެފޭ އާއި ރެސްޓޯރަންޓް ފަދަ ތަންތަން ހުންނާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ. 
މާލޭ ސީޓީ  ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ މި ސަރައްދުތައް ތަރައްގީ ކުރުމަށް ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށާއި ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
    
    ޓްރެކް ސަރަހައްދާއި އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީ ކުރަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ