މުޅި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ހޫނުގަދަ ދުވަސްވަރަށްފަހު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެންމެ ބޮޑަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށެވެ. އަދި އަންނަ ބުދަ ދުވަހު އުތުރުގެ އަތޮޅުތަކަށް ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ