ޕީޕީއެމްގެ ނައިބު ރައީސްގެ ބާރުތައް މައުމޫން ނަންގަވައިފި

ޕީޕީއެމްގެ ނައިބު ރައީސްގެ ބާރުތައް އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ނަންގަވައިފިއެވެ.
ރައީސް މައުމޫން ވަނީ އެޕާޓީގެ ބައްދަލުވުންތައް ނުބޭއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް މިހާރު އަންގަވާފައެވެ.
މައުމޫން މިފަދަ ފިޔަވަޅެއް މިއެޅުއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުމޫންގެ ވިސްނުމާއި ދެކޮޅަށް ޓްއަރިޒަމް ޤާނޫނު އިސްލާހްކޮށް ބިޑަކާއި ނުލާ ރަށްތައް ކުއްޔަށް ދިނުމުގެ ބާރު ސަރުކާރަށް ދިންތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
މައުމޫން މިހާރު ވަނީ އެމަނިކުފާނުގެ ހުއްދަނެތި ޕީޕީއެމްގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުން ވެސް ބާއްވައިގެން ނުވާނެކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކުރައްވާ އެޕާޓީގެ ހުރިހާ ކޮމެޓީއަކަށް އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ