މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބެންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ފުލުހުން މާލެ ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފުލުހުން ބަލަނީ ކޮއްތު ފައިސާ އެ ފުލުހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. އެކަން ކުރަމުން އައީ އެ ރަށުގައި ތިބޭ ފުލުހުންނަށް ކޮއްތު ތައްޔާރު ކޮށްދޭ މީހާއާ ގުޅިން ކަމަށް ވެ އެވެ.
މި މައްސަލައިގެ ތުހުމަތު އޮތީ ކިހާ އަދަދެއްގެ ފުލުހުންނަށް ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ