ސުކޫލު ޗުއްޓީއާ ދިމާކޮށް، އައިކެއާއިން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަންތަކެއް ފަށައިފި

ސުކޫލު ޗުއްޓީއާ ދިމާކޮށް، އައިކެއާގެ އައިނު ފްރޭމްތަކަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ. މި ޕްރޮމޯޝަންތައް ކުރިއަށްގެންދާނީ އަންނަ މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ތެރެއިން އައިނު ފްރޭމްތަކުން 1،500 ރުފިޔާއާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 1،500 ރުފިޔާއަށް ވުރެ މަތީގެ އައިނު ފްރޭމްތަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އައިކެއާއިން ބުނެއެވެ. އޭގެއިތުރަށް، 3،000 ރުފިޔާއިން މަތީގެ އައިނު ފްރޭމްތަކަށް 1،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭއިރު، 4،500 ރުފިޔާއިން މަތީގެ އައިނުތަކަށް އައިކެއާއިން 1،500 ރުފިޔާގެ ޑިސްކައުންޓެއް ދޭނެއެވެ. އައިކެއާއިން ބުނީ، މިއީ ރީތި އައިނުތައް ހެޔޮ އަގުގައި ހެއްދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އައިކެއާއިން އިންސްޓަގްރާމާއި ފޭސްބުކުގައި 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ގިވްއަވޭ ޕްރޮމޯޝަނެއް ވެސް މިވަގުތު އެބަ ކުރިއަށްގެންދެއެވެ. އެ ޑިސްކައުންޓު، އޮޕްޓިކަލް އައިނުތަކާއި ވަކި އަވިއައިނުތައް ހެއްދުމަށް ބޭނުންކުރެވޭނެ ކަމަށް އައިކެއާއިން ބުންޏެވެ. މިނިވަން ދުވަހު ފަށައިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިންސްޓަގްރާމާއި ފޭސްބުކްއިން އައިކެއާއަށް ފޮލޯކޮށް، ޕޯސްޓުގައި ކީވޯޑް ކޮމެންޓު ކޮށްގެނެވެ. އޭގެފަހުން، ޑީއެމް މެދުވެރިކޮށް، ޑިސްކައުންޓު ވައުޗާ ލިބޭއިރު، ޗެކްއައުޓުވާއިރު ކޯޑު ދައްކައިގެން އެ ޕްރޮމޯޝަންގެ ޑިސްކައުންޓު ބޭނުންކޮށްލެވޭނެއެވެ. އައިކެއާއިން ބުނީ، ފްރޭމް ޑިސްކައުންޓު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ލިބޭ ޑިސްކައުންޓު ވައުޗާ އަވިއައިނެއް ގަތުމަށް ބޭނުންކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ