ސިފައިން ބަލިކޮށް ބިޝްކެކް އެއްވަނައަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ބިޝްކެކުން ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުން ފައިނަލްގެ އުންމީދު ވަނީ އާކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މެޗުގެ ސެޓުތައް ބިޝްކެކުން ކާމިޔާބުކުރީ 25-23، 25-16 އަދި 27-25 އިންނެވެ. ލީގުބުރުގައި ކުޅުނު މި މެޗާއެކު ފައިނަލަށް ދިއުމުގެ ފުރުސަތު ތިން ޓީމަށް އެބައޮތެވެ. އެއީ ހެލްޕް ނޭޕާލާއި ބިޝްކެކްގެ އިތުރުން ކަޒަކިސްތާނުގެ ޒައިކް ވީސީއެވެ. ލީގު ބުރުގެ ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކާއި ދެކޮޅަށެވެ. އަދި ސިފައިން ނިކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ. ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުން ފައިނަލްގެ އުންމީދު ވަނީ އާކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކުން ފައިނަލްގެ އުންމީދު ވަނީ އާކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްްއެސްޓީވީން ވަގުތުން ދަނީ ގެނެސްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ