މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރުކަމަށް އަލަށް އިންތިހާބުވި ތިން މެންބަރުންނާ މަގާމުގެ މަސްއޫލިއްޔަތު މިއަދު ހަވާލުކޮށްފި އެވެ.
ޖޫން 21، ގައި އޮތް އިންތިހާބު ބޮޑު ތަފާތުން ކާމިޔާބުކޮށް އެމްއެމްސީއަށް އަލަށް އިންތިހާބުވީ އަދަދު ނޫހުގެ ނޫސްވެރިޔާ، ލީވާން އަލީ ނާސިރު އާއި ދައުރު ނޫހުގެ ނޫސްވެރިޔާ، މުހައްމަދު މުޒައްޔިން ނާޒިމްގެ އިތުރުން ހައްވާ ވަޖުދާ އެވެ.
އެ ތިން ބޭފުޅުންނާ މަގާމުގެ މަސްއޫލިއްޔަތު މިއަދު ހަވާލު ކުރީ އިންތިހާބުގައި އެންމެ ވޯޓެއް ވެސް ނުލިބޭ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މަގާމު ހަވާލު ކުރަން ޔޫތު މިނިސްޓްރީން ދެކޮޅު ހެދުމަށްފަހު އެވެ.
މީޑިއާ ކައުންސިލުގެ ތިން ގޮނޑި ހުސްވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. މިމަހު 21، ގައި ބައި-އިލެކްޝަން ބޭއްވީ އެ މަގާމުތަކަށް މީހުން އައްޔަނުކުރަން ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު ވެސް ފަހަނައަޅައި ދިޔަ ފަހުންނެވެ.
މީޑިއާ ކައުންސިލް ބައި-އިލެކްޝަންގައި މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު ލީވާން އަށް 48 ލިބުނެވެ. ލީވާން އާއި މުޒައްޔިންއާ ދެން ވާދަކުރި އެމްއެމްޓީވީގެ މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ. ހައްވާ ވަޖުދާއަށް 38 ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރި ނަހްދާ އާދަމްއަށް ލިބުނު 12 ވޯޓެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އައްޔަނުކޮށްފި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ