ސެމްސަންގެ ފުރަތަމަ ތްރީ-ފޯލްޑް ސްމާޓްފޯނު އަންނަ މަހު ނެރެނީ

ސެމްސަންގެ ފުރަތަމަ ތްރީ-ފޯލްޑް ސްމާޓްފޯނު، ކުރިއަށް ނެރެންހުރި ގެލެކްސީ ޒެޑް ފޯލްޑް-7، ޒެޑް ފްލިޕް ފޯލްޑަބަލް-7 ފޯނުތަކާއެކު އަންނަމަހު ތައާރަފުކުރާނެ ކަމަށް ގެޖެޓްސް 360ގެ ރިޕޯޓެއްގައި ބުނެފިއެވެ. ދެކުނު ކޮރެއާގެ މި ޓެކްނޮލޮޖީ ކުންފުނީގެ އާ ޖީލުގެ ފޯލްޑަބަލް ފޯނުތައް ޖުލައި ނުވައެއްގައި ތައާރަފުކުރާނެ ކަމަށް ބެލެވޭކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން ގެލެކްސީ ވޮޗް-8 ސީރީޒް ވެސް މި އިވެންޓުގައި ތައާރަފުކުރާނެކަމަށް ބުނެފައިވެއެވެ. ސެމްސަންގެ ތްރީ-ފޯލްޑް ސްމާޓްފޯނު (ނުވަތަ ގެލެކްސީ ޖީ ފޯލްޑް) ޖުލައި ނުވައެއްގައި ތައާރަފުކުރި ނަމަވެސް، ގެލެކްސީ ޒެޑް ފްލިޕް-7 އަދި ޒެޑް ފޯލްޑް-7 އާއެކު ވިއްކަން ނެރޭނެ ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް މި ފޯނު މި އަހަރުގެ އޮކްޓޯބަރު މަހު ބާޒާރަށް ނެރޭނެ ކަމަށް ގެޖެޓްސް 360ގެ އެ ރިޕޯޓްގައި ބުނެއެވެ. މި ފޯނުގެ އަގު 3,000 ޑޮލަރާއި 3,500 ޑޮލަރާ ދެމެދުގައި ވާނެ ކަމަށް ގެޖެޓްސް 360ގެ އެ ރިޕޯޓްގައި ބުނެފައިވާއިރު، މި ފޯނުގައި ސިލިކަން-ކާބަން ބެޓެރީއެއް ހުންނާނެ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ. މީގެ އިތުރުން، މި ފޯނުގައި ޓައިޓޭނިއަމް ފްރޭމެއް ހުންނާނެ ކަމަށާއި، 16 ގިގާބައިޓް ރެމް ހުންނާނެ ކަމަށް ވެސް ގެޖެޓްސް 360 ގެ ރިޕޯޓްގައި ބުނެފައިވާއިރު، މި ފޯނު ނެރޭނީ ދެ މާކެޓަކަށް އެކަނި ކަމަށް ވެސް ގެޖެޓްސް 360 ގެ ރިޕޯޓްގައި ބުނެއެވެ. ގެލެކްސީ ޒެޑް ފޯލްޑް-7 ގައި އަށް އިންޗީގެ ބޮޑު ފޯލްޑަބަލް ޑިސްޕްލޭއަކާއި 6.5 އިންޗީގެ ކަވަރު ޑިސްޕްލޭއެއް ހުންނާނެ ކަމަށް ގެޖެޓްސް 360ގެ ރިޕޯޓްގައި ބުނެފައިވާއިރު، އަދި 200 މެގާޕިކްސަލް މައިން ކެމެރާއެއް ހުންނާނެ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ. މި ފޯނު ކަޅު، ނޫ، ކޮރަލް ރެޑް، އަދި ރިހި ކުލަތަކުގައި ލިބޭނެ ކަމަށާއި، ރެމްގެ ގޮތުގައި 12 ގިގަބައިޓް ނުވަތަ 16 ގިގަބައިޓް ހުންނައިރު، ސްޓޯރޭޖްގެ ގޮތުގައި 256 ގިގަބައިޓް، 512 ގިގަބައިޓް ނުވަތަ އެއް ޓެރާބައިޓް ލިބޭނެ ކަމަށް ވެސް ގެޖެޓްސް 360 ގެ ރިޕޯޓްގައި ބުނެއެވެ. ބެޓެރީގެ ގޮތުގައި 4400 މިލިއެމްޕިއަރު ބެޓެރީއެއް ހުންނާނެ ކަމަށް ވެސް ގެޖެޓްސް 360ގެ ރިޕޯޓްގައި ބުނެއެވެ. މި ތްރީ-ފޯލްޑް ފޯނާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުވެއެވެ. ނަމަވެސް ސެމްސަންގުން ވަނީ މީގެ ކުރިން އެކި ޓްރޭޑް ޝޯތަކުގައި ފްލެކްސް ސްލައިޑަބަލް، ފްލެކްސް އެސް، އަދި ފްލެކްސް ޖީ ކޮންސެޕްޓް ޕެނަލްތައް ދައްކާލާފައެވެ. މި އިވެންޓުގައި ސެމްސަންގުން އެންޑްރޮއިޑް އެކްސްއާރު ހެޑްސެޓެއް ކަމަށްވާ 'ޕްރޮޖެކްޓް މޫހާން' އާއި އެޑްވާންސްޑް އޭއާރު ގްލާސްއެއް ވެސް ތައާރަފުކުރާނެ ކަމަށް ގެޖެޓްސް 360 ގެ ރިޕޯޓްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ