މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުތަކަށް ބޭރުގެ އިންވެސްޓަރުން ތާއީދު ނުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމަށް އިޝާރާތް ކުރައްވަމުން ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ފިސްކަލް ޕޮލިސީ އަށް ބޭރު މީހުން ތާއީދުނުކުރާ ކަމަށާއި ބޭރުގެ ދަރަނި އޮތީ އިންތިހާއަށް ބޮޑުކޮށް ކަމަށެވެ.
ރާއްޖޭގައި އޮތީ އިންވެސްޓްކުރަން ފަހި ނިޒާމެއް ކަމަށް ސިންގަޕޫރަށް ގޮސް ބުނި ނަމަވެސް ސިންގަޕޫރަކީ ރާއްޖޭގެ އިންވެސްޓްމަންޓް ވެއްޓަށް ވަރަށް ފަރިތަ ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރާއްޖެ މި އޮތީ އިންވެސްޓްމަންޓަށް އެޓްރެކްޓް ކުރެވޭ ހާލަތުގައެއް ނޫން. ފުރަތަމަ އަޅުގަނޑުމެންގެ އެތެރެ ރަނގަޅުކޮށްފައި، އައިބަކާ ނުލައި މި ކަހަލަ ވާހަކަ ދެއްކޭ ވަރަށް އަޅުގަނޑުމެންގެ އިގުތިސޯދު ހަރުދަނާވީމަ ދެން ނުކުމޭ މީހުން ހޯދަން،" ޔާމީން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ސިސްޓަމް މިއޮތީ އައިސީޔޫގައި. ސިސްޓަމް އައިސީޔޫގައި އޮއްވައި މި ބުނަނީ އަންނާށޭ ކޭކު އަޅާފައި އައިސިން އޭގެ މަތީގައި އަޅައިދޭން،"
މި ސަރުކާރުން މީގެކުރިން ވެސް އިންވެސްޓްމެންޓް ފޯރަމެއް ބޭއްވި ކަމަށާއި އޭގެއިން އިންވެސްޓަރެއް ނުލިބުނުއިރު، ރާއްޖެއަށް އައީ "ވައްތަރެއްގެ ފަގުނޑި ދެ ކަތީބުން،" ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ރާއްޖެ އައިސް 8.8 ބިލިއަން ޑޮލަރުގެ ވާހަކައެއް ވެސް ދެއްކި ކަމަށާއި އޭގެއިން ވެސް ފައިސާއެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އިންވެސްޓަރުން ތާއީދެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ