އީސިމް އަށް ބަދަލު ކުރާއިރު ސެކިއުރިޓީ ފީޗާސްތައް އުރީދޫއިން ވަރުގަދަކޮށްފި

ކަސްޓަމަރުން އީސިމް ނަގާއިރު ސެކިއުރިޓީ ފީޗާސްތައް އުރީދޫއިން ވަރުގަދަކޮށްފިއެވެ. މިކަމުގެ ސަބަބުން ސިމް ބަދަލުކުރާއިރު ކުރިއަށްވުރެ ރައްކާތެރިކަން ކަށަވަރުވެގެން ދެއެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ އަމިއްލަ ސިމް ނޫން އެހެން ސިމެއް، މީހަކަށް އޮޅުވާލައިގެން ނުވަތަ ވަގަށް ނެގޭނެ މަގުތައް ބަންދުކޮށް މިއަދުގެ ޑިޖިޓަލް މާހައުލުގައި ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ހޯދައިދިނުމެވެ 
އައިޑެންޓިޓީ ވެރިފިކޭޝަން ހަރުދަނާ ކުރުން
އައިޑެންޓިޓީ ވެރިފިކޭޝަން ހަރުދަނާ ކުރުމަށް ޓަކައި އުރީދޫން ވަނީ މިހާރުގެ އޯޓީޕީ ވެރިފިކޭޝަނާ އެކު، އާ ޕްރޮސެސްގައި ކަސްޓަމަރުގެ އައިޑީ ޑޮކިއުމެންޓާއެކު ފޭޝަލް ރިކޮގްނިޝަން ހިމަނައި، އޮތެންޓިކޭޝަންގެ މުހިއްމު ދެވަނަ ފަށަލައެއް ހިމަނާފައިވެ އެވެ. މިކަމުގެ ސަބަބުން އީސިމް ސްވޮޕެއް ފަށަން ނުވަތަ ނިންމަން މަސައްކަތްކުރާއިރު އަސްލު މީހާގެ ފޮޓޮއެއް ވަގުތުން ފޮނުވަން ޖެހޭތީ އޮޅުވާލަން މަސައްކުރާ މީހާއަށް އެކަން ކުރަން އިތުރު ދަތިތަކެއް ދިމާވާނެއެވެ.
އެޑްވާންސްޑް އޯސީއާރު އަދި ފޭސް އައިޑީ ހިމެނުން
އެޑްވާންސްޑް އޯސީއާރު އަދި ފޭސް އައިޑީ އިންޓަގްރޭޝަން އިތުރު ކުރިއެރުމަކީ ރިއަލް ޓައިމް ފޭސް އައިޑީ ވެރިފިކޭޝަނާއެކު ކަސްޓަމަރުގެ ގައުމީ އައިޑީ ކާޑުގެ ފޮޓޯއެއް އަޕްލޯޑް ކުރަން ޖެހެ އެވެ. މީގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް ކުރިއަށް ދެވޭނީ ހަމައެކަނި އޯޓީޕީ އާއި އައިޑީކާޑު ނަމްބަރަކުން ކަމަށާއި، މިއީ އެޑްވާންސް އޯސީއާރު (އޮޕްޓިކަލް ކެރެކްޓާ ރިކޮގްނިޝަން) ޓެކްނޮލޮޖީ އާއި ފޭޝަލް ވެލިޑޭޝަން ގެ އެހީގައި މިހާރު އެޅިފައިވާ އިތުރު ފިޔަވަޅެކެވެ.   
ރޯލްބެކް ފީޗާ
ފްރޯޑް ކޭސްއެއްގައި އަވަސް ޚިދުމަތެއް ދިނުމުގެ މުހިންމު ކަމަށްޓަކައި މިހާރު އުރީދޫއިން ރޯލްބެކް އެސްއެމްއެސް ފީޗާއެއް ވަނީ ތައާރަފްކޮށްފި އެވެ. އީސިމް ސްވޮޕެއް ފައިނަލް ކުރުމުގެ ކުރިން އޮރިޖިނަލް ސިމް އޯނަރަށް ރޯލްބެކް ޔޫއާރްއެލް ހިމެނޭ އެސްއެމްއެސްއެއް ލިބޭއިރު، މި ލިންކު މަސައްކަތް ކުރާނީ 72 ގަޑިއިރެވެ. މިކަމުގެ ސަބަބުން އޮޅުވާލައިގެން ހިންގާކަމަށް ޝައްކުކުރެވޭނަމަ ކަސްޓަމަރުންނަށް އެ ބަދަލު އަވަހަށް އަނބުރާ ގެންދިއުމުގެ ފުރުޞަތު ފަހިވެ، ކަސްޓާމަރަށް ލިބޭ ގެއްލުން ކުޑަވެ، ރިއަލް ޓައިމްގައި ކޮންޓްރޯލް އަލުން އިއާދަކުރެވޭނެއެވެ. 
އެލާޓްތައް ދިވެހި ބަހާއި އިނގިރޭސި ބަހުން ވަގުތުން
ދިވެހި ބަހާއި އިނގިރޭސި ބަހުން ވަގުތުން އެލާޓްތައް ކަސްޓަމަރުން ލިބިގެންދާނެއެވެ. އީސިމް އަށް ބަދަލުކުރުމެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެސްއެމްއެސް އާއި އީމެއިލް ނޮޓިފިކޭޝަން މިހާރު ދިވެހި ބަހާއި އިނގިރޭސި ބަހުން ފޮނުވާނެ އެވެ. މި އެލާޓްތަކުގެ ސަބަބުން ވިޒިބިލިޓީ ރަނގަޅުވެ، ކަސްޓަމަރުންގެ ހޭލުންތެރިކަން އިތުރުވެ، ސިމް ޕްރޮފައިލަށް އަންނަ ކޮންމެ ބަދަލަކާ މެދު ދެފުށް ފެންނަ ގޮތް ތަކެއް އުފެދެ އެވެ. 
މި އަޕްޑޭޓްތަކާއެކު އުރީދޫއިން ވަނީ ކަސްޓަމަރުންގެ އިތުބާރު، ޑިޖިޓަލް ސޭފްޓީ އަދި އިނޮވޭޝަނަށް ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދީފަ އެވެ. އީސިމް އަށް ބަދަލު ކުރުމުގަޔާއި ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު ސޭފްޓީ ޔަގީންކޮށްދީފައެވެ. އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ސެކިއުރިޓީ ސްޓޭންޑަޑްތަކަށް އާ ބެންޗްމާކެއް ވެސް ގާއިމްކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ