ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.ރައީސްގެ ހާއްސަ ސްކޮލާޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުތަކެއްގައި ވަނީ، އެ ސްކޮލަޝިޕްތައް ލިބޭ ކަމަށް ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.އެގޮތުން، މިއަދުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެއީ، އެ މުއްދަތުގެ ތެރޭގަިއ ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށް އިއުލާނުގައި ވެއެވެ.ސްކޮލަޝިޕްތަކަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް:ސްކޮލަޝިޕް ލިބޭ ފަރާތެއްކަން ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން ދޫކުރި ލިޔުންމިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނު ނިންމުމުން ލިބިފައިވާ ސެޓްފިކެޓުތަކުގެ ދެފުށުގެ ކޮޕީޖީސީއީ އޯލެވެލް، އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިނގިރޭސި މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓުގެ ދެފުށުގެ ކޮޕީމުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީމި ސްކޮލާޝިޕަށް ލިޔެކިޔުން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. ސްކޮލާޝިޕަށް ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30ގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ