މަހަށް ނިކުތް އުކުޅަހު ޒުވާނުންތަކެއް 'ހުދަންބަރެއް' ހޮވައިފި
އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު, އެ އަތޮޅު އުކުޅަހު ޒުވާނުންތަކެއް އިއްޔެ 'ހުދަންބަރެއް' ހޮވައިފިއެވެ. އެ މާވާހަރު ފެނުނު ޑިންގީގައި ތިބި ޒުވާނުންގެ ތެރެއިން އަލީ ޝަހީމް 'ސަން'އަށް ބުނީ، އިއްޔެ 05:20 ހާއިރު އެ މާވަހަރު ފެނުނީ ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅެނިކޮށް ކަމަށެވެ. މާވަހަރުގެ ބާވަތްތައް އެނގޭ މީހުންނާ ހަވާލާދީ ޝަހީމް ބުނީ، އެއީ ހުދަންބަރެއް ކަމަށާއި ބަރުދަނުގައި 12އާއި 15 ކިލޯއާ ދޭތެރޭގެ އަދަދެއް ހުންނާނެ ކަމަށެވެ. އިތުރު ދެމީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް ފެނުނީ މާވަހަރެއްތޯ ޔަގީން ކުރުމަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އަދި، މާވަހަރު ވިއްކާލުމުގެ ވިސްނުން އެބަހުރި ކަމަށް ޝަހީމް ބުންޏެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް މާވަހަރު ލައްގައިފައި ހުއްޓައި މީހުންނަށް ފެނި އެ ހޮވައިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ