ދެކުނަށް މޫސުން ގޯސްވެ، ގއ އިން ފެށިގެން ގދ އަށް އޮރެންޖު އިންޒާރު!

ދެކުނަށް މޫސުން ގޯސްވެ، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ގއ އަތޮޅުން އިން ފެށިގެން ގދ އަތޮޅަށް އަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މެޓް އޮފީހުން މި ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:50 އިން މެންދުރުފަހު 15:00 އަށެވެ.
މިގޮތުން އެއިދާރާއިން ބުނީ، މި ސަރަހައްދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރާކަމަށެވެ.
Advertisement
މޫސުމާއި ބެހޭ އިދާރާއިން މިއަދުގެ ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެއިދާރާއިން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވިނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ