ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މައުލޫއީ ގޮތުން ބަލަން ފަށައި މިއަދު ތިން މީހަކު ހެކިންގެ ގޮތުގައި ހާޒިރުކޮށްފި އެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކެއް މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ނާޒިމްގެ މައްޗަށް އުފުލާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ވަނީ ސުޕްރީމް ކޯޓުން ނިންމާލައިފަ އެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ ހެކިން ހާޒިރުކޮށް މައުލޫއީ ގޮތުން އަލުން މައްސަލަ ބެލުމަށެވެ.
މަކަރާއި ހީލަތުގެ ހަތަރު މައްސަލައެއް ނާޒިމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ހުކުމް ކޮށްފައިވެ އެވެ.
މެންބަރު ނާޒިމްގެ މައްސަލަތައް ސުޕްރީމް ކޯޓުން އަލުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ