ބަރާބަރަށް ފައިސާ ދޫކުރާތީ މަހަށް ނުކުންނަ އޮޑިފަހަރު އިތުރުވެއްޖެ

މަހަށް ނުކުމެ މިފްކޯއަށް މަސް ކިރުވާ އޮޑިފަހަރުގެ އަދަދު 70 އަށްވުރެ ވަނީ އިތުރުވެފަ އެވެ. މިއާއެކު ބާނާ މަހުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.
މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ބަރާބަރަށް ފައިސާ ދޫކުރާތީ މަހަށް ނުކުންނަ އޮޑިފަހަރު ބޮޑުތަނުން އިތުރުވެ ބާނާ މަހުގެ އަދަދު މައްޗަށް ޖެހިލައިފި އެވެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ތެރޭގައި ހިމެނޭ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ބަރާބަކަށް ފަށާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މި މަސައްކަތުގެ ދަށުން މަސްވެރިންނަށް ބަރާބަރަށް ފައިސާ މިހާރު ދޫކުރެ އެވެ. 
މަސްވެރިންނަށް ފައިސާ ދޭތީ މަހަށް ނުކުންނަ އޮޑިފަހަރުގެ އަދަދު އިތުރުވެ މިހާރު ވަނީ 78 އަށްވުރެ އިތުރުވެފަ އެވެ. ރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިކަމުގައި މިފްކޯ އަށް މަސް ކިރުވާ އުޅަނދު ފަހަރުގެ އަދަދު އުޅެނީ ގާތްގަނޑަކަށް 150 އުޅަނދެވެ. 
މިފްކޯ އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ރޭވެސް މިފްކޯއަށް ވަނީ 328 މެޓްރިކް ޓަނުގެ މަސް ކިރުވާފަ އެވެ. އެންމެ ގިނަ މަސް ކިރުވި ކޫއްޑޫއަށް 240 މެޓްރިކް ޓަނުގެ މަސް ކިރުވި އެވެ. 
އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ 48 ގަޑިއިތެރޭގައި މަސްވެރިން ކިރުވި 341 މެޓްރިކް ޓަނުގެ މަހަށް 5.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މިހާތަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގެ ފަހުން ކިރުވި މަހަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ