ސުޕްރީމް ކޯޓުގައި މައްސަލަ ރަޖިސްޓަރ ކުރެވި، ފައިސާ ދައްކައިވެސް ނިމިއްޖެ! މިތިބީ ސާބިތުކަމާއެކު: ތޮލާލް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތް މައްސަލަ ސްޕްރީމް ކޯޓުގައި މިހާރު ރެޖިސްޓަރ ކުރެވިފައިވާކަމަށާއި އެ ކޯޓަށް ދައްކަންޖެހޭ ފައިސާވެސް މިހާރު ދައްކައި ނިމިފައިވާކަމުގައި، ޕީޕީއެމްގެ ސްކެޓްރީ ޖެނަރަލް އަރި ރައީސް ޔާމީނުގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ. 
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު، އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ.
އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުގެ މި ނިންމުން ގަބޫލު ނުކުރާކަމަށް ބުނެ އެ ޕާޓީންވަނީ މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފައެވެ. 
Advertisement
މި މައްސަލައާއި ގުޅޭގޮތުން މުހައްމަދު ތޮލާލު ވިދާޅުވީ، ޕީޕީއެމް/ޕީއެއްސީ ކޯލިޝަންގެ ލިޑަރޝިޕް ގެ އެންމެހައި ބޭފުޅުންވެސް ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި އެންމެން އެކަތި ގަނޑެއްގެ ގޮތުގައިކަމަށެވެ. 
މީގެ އިތުރުން ތޮލާލް ވިދާޅުވީ، އެ ކޯލިޝަން ބައިބައިކުރުމަށްޓަކައި ބަޔަކު ދައްކަމުންދާ ވާހަކައަކުން ކޯލިޝަންގެ އަޒުމަކަށް އަދި ހިއްވަރަކަށްވެސް ގުޑުމެއް ނާންނާނެކަމުގައެވެ. 
މި ދަނޑިވަޅުގައި ފެތުރެމުންދަ ފިތުނަވެރި ހުރިހާ ވާހަކަތަކަކާއި މެދ ޕާޓީގެ ހުރިހާ މެމްބަރުން ސަމާލުވެ، ރައީސް ޔާމީނުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށްވެސް ތޮލާލުވަނީ އެ ޕާޓީގެ ސަޕޯޓަރުންނަށް ގޮވާ ލައްވައިފައެވެ. 
ގާނޫނު ގައިވާގޮތުން، ކެންޑިޑެސީ ގަބޫލު ނުކުރަން އީސީން ނިންމާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ