ކުރީގެ މެމްބަރު ފަލާހު އަލުން ޕީޕީއެމަށް

ރައްޔިތުންގެ މަޖުލީހުގެ މިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ފަލާހު ޕީޕީއެމަށް ސޮއިކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަ އެވެ.
ފަލާހުގެ މެމްބަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުން ލިބުނު ނާކާމިޔާބީއާއެކު ފަލާހު ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފަ އެވެ. ނަމަވެސް ޖޭޕީގެ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެ އެވެ.
ފަލާހުގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
ކެމްޕެއިންގެ ހަރަކާތްތައް މުއިއްޒު ފައްޓަވާފައިވާއިރު އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ