މަޖިލިސް އިންތިހާބު ކެމްޕޭނަށް ރައީސް މުއިއްޒު ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް!

ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގައި ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ބުނީ، ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ކެމްޕޭން ރައީސް ޑރ.މުއިއްޒު ކުރިއަށް ގެންދަވަނީ މިއަދު 13:45 އިން ފެށިގެން 15:00 އާއި ހަމައަށް ކަމަށެވެ.
މިގޮތުންް ހެންވޭރު ދެކުނުގެ ދޮރުން ދޮރަށް ފައްޓަވާނީ ހ.ކަށިކެޔޮ ގަސްދޮށުގެ، ބޮޑު ރަސްގެފާނު މަގުން ކަމަށާއި މެދުހެންވޭރު ދާއިރާ ގެ ދޮރުން ދޮރަށް ކެމްޕޭން ފައްޓަވާނީ ހ.ފައިން ބީޗް, ސްކައިފޯލް ލައުންޖް އެންޑް ރެސްޓޯރެންޓް ކުރިމަތިން އެ ދާއިރާގެ ކެނޑިޑޭޓް ހުސައިން ނާސިހް ގެ ޖަގަހަ ކުރިމަތިން ކަމަށްވެސް އެ ކޯލިޝަނުން މައުލޫމާތު ދެއެވެ.
Advertisement
މި ކެމްޕޭން ހަރަކާތުގެ ދަށުން ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާ ހިމެނޭ ހެން ގިނަ ދާއިރާތަކެއްގެ ދޮރުން ދޮރަށް ހިންގަވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓަކު ވާދަކުރާއިރު، ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ. އެ ތިން ލީޑަރުންނަކީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
މި އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ