މޫސުން ގޯސްވުމުން މިރޭގެ "އަހާ" ފޯރަމް އޮންނާނީ ޓީވީއެމް ސުޓޫޑިއޯގައި

މީގެ ކުރިން އަހާ ފޯރަމް ބާއްވަމުން ދިޔައީ ސަލްޓަން ޕާކުގަ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް މިރޭ ޓީވީއެމް އިމާރާތުގައި ބާއްވަން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން މިގޮތަށް ނިންމާފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ޕީއެސްއެމް އިން ބުނީ މިރޭގެ އަހާ ފޯރަމް އޮންނާނީ ޓީވީއެމްގެ ސްޓޫޑިއޯ ތިނެއްގެ ތެރޭގައި ކަމަށެވެ. މި ރޭގެ ފޯރަމް ގައި ބައިވެރިވެވަޑައިގަންނަވާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ދާހީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ."އަހާ" ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމް ގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފައެވެ.އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، "އަހާ" ސިލްސިލާގެ ފޯރަމެއް ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ. ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ ޑިސެންބަރު މަހު އެވެ. ރައީސް ވިދާޅުވީ ކޮންމެ މަހުން އެއްފަހަރު ސީދާ އެމަނިކުފާނު ވެސް އެ ގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ