މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅަނީ

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު ހަމަވި އިރު، މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހުގެ ރޭ ދެންވަރު 12:00 އަށެވެ. މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރި އެވެ. އޭގެތެރެއިން 48 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައެއް ނުވެ އެވެ.
އީސީގެ ރައީސް ފުއާދު "އެކްސްގައި" ވިދާޅުވީ މާލީ ބަޔާން ހުށަނާޅާ މީހުންނާއި މެދު ގާނޫނުގައިވާ ގޮތަށް އަމަލުކުރާނެ ކަމަށެވެ.
Maalee bayaan hushanaalhaa meehunnaa medhu qaanoon gaivaa gothah amalu kureveyne. Insha Allah. https://t.co/oeq7TFuoQ0
— Fuwad Thowfeek (@FuwadThowfeek) May 25, 2024
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން ހުށަހެޅުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ. އަދި މާލީ ބަޔާން ހުށަނާޅާ ނަމަ ނުވަތަ ހުށަހަޅާ ބަޔާންތަކުގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ ދައުވާ ވެސް ކުރެވޭނެ އެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.
ޖުމްލަ 93 މެންބަރުން ހިމެނޭ އާ މަޖިލިސް އަންނަ އަންގާރަ ދުވަހު ހުވާކުރާނެ އެވެ. އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ