ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާ ދީ، 50އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާ ނޫހުން ބުނީ، ޔަހޫދީންގެ ހަމަލާ އަމާޒުކޮށްފައި ވަނީ، ޚާން ޔޫނިސްގެ ހުޅަނގުގައި ހުންނަ، އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ކަމަށެވެ. މި ހަމަލާގައި ގިނަ ބަޔަކު ޒަހަމްވި ކަމުގެ މައުލޫމާތު ލިބެއެވެ.
ރެފިއުޖީ ކޭމްޕުތަކަކީ، އަނިޔާވެރި ޔަހޫދީންގެ ހަމަލާތަކުން ރައްކާތެރިކަން ލިބިދާނެ ކަމަށް ބެލެވިފައިވާ ތަންތަނެވެ. ނަމަވެސް ޔަހޫދީން ގެންދަނީ، އެއްވެސް ރަހުމެއް ނެތި، ރެފިއުޖީ ކޭމްޕުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.
އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ވަނީ، ފަސް ބޮމުގެ ހަމަލާދީ، ފަސް މިސައިލު ހަމަލާ ދީފައި ކަމަށް ޚަބަރުތައް ބުނެއެވެ. މި ހަމަލާގައި ޒަޚަމް ލިބުނު މީހުންނަށް އެހީވުމުގައި އުޅުނު ފަރާތްތަކަށް ވެސް ޔަހޫދީން ހަމަލާ ދިން ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ބުނެފައެވެ.
ަ
ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ޔަހޫދީން ހަމަލާދީ، ގިނަ ބަޔަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ