އުކުޅަހުން ރަޝިއާގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އއ. އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާއަކީ އެ ރަށު ލަ ޕަލްމާ ސޫޓްސްގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އުކުޅަހު ކައުންސިލުން ވަނީ، ފަތުރުވެރިޔާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށް، ކަމާ ގުޅޭ އިދާރާތަކަށް އަންގައިފައިވާ ކަމަށް ބުނެފައެވެ. އެ ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510އަށް ގުޅުމަށް އެދިފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ