ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ފުލުހުންނަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ގަލޮޅު ރައްޔިތުންނާ އެކު ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި އާންމުންގެ ތެރެއިން ބަޔަކު ވަނީ ރޭގަނޑު ދަންވަރު ބޭރުގައި އުޅޭ ބިދޭސީންގެ ފަރާތުން މުޖުތަމައުގެ އިޖުތިމާއީ މިންގަނޑަށް ނުފެތޭ ކަންތައް ފާހަގަވާކަމަށް ބުނެ އެކަމާ ފިޔަވަޅު އަޅައިދެއްވުމަށް ރައީސް އަރިހުން އެދިފަ އެވެ.
ތަފްސީލް - މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުން ދާތީ، ދަންވަރު 12 އިން ފެށިގެން ހެނދުނު 6:00އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އެފަދަ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަން ޖެހޭ ނަމަ މިރެއިން ފެށިގެން އެފަދަ ފިޔަވަޅުތައް އަޅަން ވެސް ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް އަންގަވާފައި ވާނެ ކަމަށެވެ.
ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ރައީސް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ