ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައިވާ މަގާމުތަކުގެ ލިސްޓުން ބޭބީ ސިޓާސް އުނިކޮށް ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އިން ހޯމަދުވަހު ގެޒެޓުކުރި ގަވައިދު އިސްލާހުކޮށް މިއަދު އަލުން ވަނީ ގެޒެޓުކޮށްފަ އެވެ.
ތަފްސީލް - ހޯމަދުވަހު އާންމުކުރި ގަވައިދުގައި ވާގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު، ކޯޓާ ބާތިލްކުރާނެ މަގާމުތަކުގެ ތެރޭ ބޭބީ ސިޓާސް ހިމެނެ އެވެ.
ނަމަވެސް ރާއްޖޭގެ މުޖުތަމައުގައި ކަން ހިނގަމުން އަންނަ ގޮތަށް ބަލާ މިއީ އެންމެ އެކަށޭނަ ނިންމުމެއް ނޫންކަމަށް ބުނެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ.
އެއާ އެކު މިއަދު އެ ލިސްޓުން ބޭބީ ސިޓާސް ވަނީ އުނިކޮށްފައި
ހޯމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގަވައިދަށް ހޯމަދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު، ގަވައިދުގެ ދަށުން ކޯޓާ ދޫނުކުރާނެ މަގާމުތަކުގެ ތެރޭގައި ހިމެނެނީ
ޓެކްސީ ޑްރައިވަރުން
މަތިންދާބޯޓުގެ ފަސްޓްް އޮފިސަރުން/ ކޯޕައިލެޓުން
ކަނޑު އުޅަނދުގެ ކެޕްޓަނުން
މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް
ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތް ކުރާ ކޭޝިއަރުން
އެ ގަވައިދުގައި ބުނީ ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި މިންވަރަށް ބަލާ އެ މަގާމުތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު ހޯމްލޭންޑް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
ގަވައިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު ކޯޓާތައް ބާތިލްކުރާ މަގާމުތައް
ހެއާ ޑްރެސާ
ބިއުޓީޝަން
ޕާސަނަލް ޓްރެއިނަރު
އިލެކްޓްރީޝަން
ގެސްޓް ރިލޭޝަން އޮފިސަރު (އިނގިރޭސި)
ޓުއަ ގައިޑް
އެކައުންޓެންޓު
އިމާމު
ގަވައިދަށް އަމަލުކުރަން ފަށާތާ 3 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަން ޖެހޭ މަގާމުތައް
ޑައިވަރު
ނަރުހުން
ބިލްޑިން އިންސްޕެކްޓަރުން
ސާވޭޔަރުން
ސައިޓް ސުޕަވައިޒަރުން
ޕައިލެޓް
ފޮޓޯގްރާފަރު
ގަވައިދަށް އަމަލުކުރަން ފަށާތާ 4 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
އިލެކްޓްރިކަލް އިންޖިނިއަރު
ޑައިވް އިންސްޕެކްޓަރު
ގަވައިދަށް އަމަލުކުރަން ފަށާތާ 5 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
ހައުސް ކީޕިން މެނޭޖަރު
ހިޔުމަން ރިސޯސް މެނޭޖަރު
ފްރަންޓް އޮފީސް މެނޭޖަރު
ޕްރައިމަރީ/ސެކަންޑްރީ ޓީޗަރުން
ގަވައިދު އިސްލާހުކޮށް ބޭބީ ސިޓާސްއަށް ކޯޓާ ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ