ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓް މި އަހަރު ލިބޭ ފަރާތްތައް
ހޮވައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް ސްޓާޓް އަޕް ގްރާންޓުގެ ދަށުން އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ
ފަރާތްތަކަށް ވިޔަފާރިއެއް ފަށަން ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރަން ހިލޭ އެހީގެ ގޮތުގައި 500،000ރ. ދެ އެވެ.
ތަފްސީލް - ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުން ވަނީ ޖުމްލަ ތިން ޕްރޮޖެކްޓަކަށް އެހީ ދޭން ނިންމައިފަ އެވެ.
މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތަކަކީ:
ރަށި ޕާކް، އިބްރާހީމް މިފްޒާލް ފަޔާޒް
އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ
ކެފޭއެއް ގާއިމުކުރުމަށް
މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކް
މި ޕާކުގައި
ކުޑަކުދިން ކުޅޭނެ ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން
ލައުންޖް އޭރިއާއެއް ގާއިމްކުރާނެ
ރަށު ޕްލާސްޓިކް ޕްރޮޖެކްޓް، މުހައްމަދު މިމްރާހް
މި ޕްރޮޖެކްޓްގެ
މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން
އުކާލާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން
އުފައްދާނެ
މި ޕްރޮޖެކްޓްގެ ރީސައިކްލިން ސެޓް އަޕް ގާއިމްކުރާނީ ވ. ފެލިދޫގައި
ލޭޑީ ބާޑް ކިންޑަގާޑެން، ޝައްމާ ނަދީމް
ހުޅުމާލޭ
ފޭސް 2ގައި އުމުރުން ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑްތަކާ އެއްގޮތަށް ދޭ، އިސްލާމިކް އާލީ ލާނިން ސެންޓަރެއް ގާއިމުކުރުމަށް
ސްޓާޓަޕް
ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަންއަކަށް
ފަހުގަ އެވެ.
ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން
ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ވަނީ ހުށަހަޅައިފަ އެވެ.
މިއީ ސްޓާޓަޕް ގްރާންޓް ދޭ ހަތަރު ވަނަ އަހަރެވެ.
ބީއެމްއެލް ސްޓާޓްއަޕް ގްރާންޓު ދޭ ވިޔަފާރިތައް ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ