މަތީ ތައުލީމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޕާކިސްތާނާއި އެކު މަޝްވަރާކޮށްފި
މަތީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން ހިމެނޭހެން މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ޕާކިސްތާނާއި އެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، މިއަދުވަނީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރުދާރު ޢަޔާޒް ޞާދިޤާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ނާއިބު ރައީސް ވަނީ، ދިވެހި ރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ، ބަދަހި ގުޅުމަށް މަރުޙަބާ ވިދާޅުވެ، އެގުޅުން ކުރިއަށް އޮތް ތަނުގައި ވެސް، އެގޮތުގައި ދެމެހެއްޓުމަށް ޕާކިސްތާނުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމާއި، މަތީ ތަޢުލީމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ވިލުންތެރި ކަމާއެކު، ދެ ޤައުމަށް ފައިދާ ކުރަނިވި ގޮތެއްގައި، ރައްކާތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޕާކިސްތާނާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ގުޅުން ބަދަހި ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެއް ޤައުމުން އަނެއް ޤައުމަށް ފައިދާހުރި ކަންކަމުގައި، އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދެ ބޭފުޅުން ވެސް ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ