އުކުޅަހުން ޓޫރިސްޓެއް ގެއްލިގެން ހޯދަނީ

އއ. އުކުޅަހުން ރަޝިއާގެ ޓޫރިސްޓަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާއަކީ އެ ރަށު ލަ ޕަލްމާ ސޫޓްސްގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.އެ ކައުންސިލުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.އުކުޅަހު ކައުންސިލުން ވަނީ، ފަތުރުވެރިޔާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށް، ކަމާ ގުޅޭ އިދާރާތަކަށް އަންގައިފައިވާ ކަމަށް ބުނެފައެވެ.ލަ ޕަލްމާ ސޫޓްސްއިން ބުނި ގޮތުގައި ގެއްލިފައިވަނީ، ރޯމަން ލުރޮޗްކިން ކިޔާ، 48 އަހަރުގެ މީހެކެވެ. އޭނާ އެ ހޮޓަލަށް ޗެކްއިން ވެފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.ކައުންސިލުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޓެސްކުގެ ނަންބަރު 9553510 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ