އަންނަ ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ޖެނުއަރީ އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100އަށް ވުރެ ގިނަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.
މި އިންޓޭކްގައި ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި:
އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރު ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް އަދި ސޮފްޓްވެއާ އިންޖިނިއަރިން
ޓީޗިން (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ އަދި ސެކަންޑަރީ)
ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، އެކައުންޓިން، ބޭންކިން އަދި ފައިނޭންސް
ހިއުމަން ރިސޯސް މެނޭޖްމަންޓް
އިންޓަނޭޝަނަލް ބިޒްނަސް އަދި އިކޮނޮމިކްސް
އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް އަދި މެކަޓްރޯނިކްސް)
ނާސިން، ޕަބްލިކް ހެލްތު، ފްލެބޮޓޮމީ އަދި ހެލްތު ސާވިސަސް މެނޭޖްމަންޓް
ލޯ އަދި ޝަރީއާ
ޓޫރިޒަމް އަދި ކަލިނަރީ އާޓްސް
އޭވިއޭޝަން މެނޭޖްމަންޓް
ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި ކައުންސެލިން
މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ރިސާޗު ސްޓަޑީސް
އިންޓީރިއާ އާކިޓެކްޗާ އަދި ޑިޒައިން
ވިލާ ކޮލެޖުން ރާއްޖޭގައި ތިބެގެން ބައިނަލްއަގްވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދެ އެވެ. އެގޮތުން:
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވަސިޓީ އާއި މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށްގެންދޭ
ޕޯޓްސްމޯތު ޔުނިވަސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ
ވިލާ ކޮލެޖުގެ ކްލާސްތައް ބައްޓަންކޮށްފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި އާއިލީ ޒިންމާތަކާ އެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެންނެވެ. އެގޮތުން، އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އޮވެ އެވެ.
އޮންލައިން އެޕްލިކޭޝަން ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެ
ވިލާ ކޮލެޖަކީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކޮލެޖެކެވެ.
ކިއުއެސް (QS) ސްޓާ ރޭޓިންގް: ދުނިޔޭގެ އެންމެ މަޝްހޫރު މަތީ ތައުލީމުގެ އެއް ރޭންކިން، ކިއުއެސް ސްޓާ ރޭޓިންގްގައި 'އެމްޕްލޯޔަބިލިޓީ؛، 'އޮންލައިން ލާނިން' އަދި 'އެންވަޔަރަމަންޓަލް އިމްޕެކްޓް'އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ވަނީ ހާސިލްކޮށްފައި
ޓައިމްސް ހަޔާ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ޔުނިވަސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގްގައި ރާއްޖެއިން ހިމެނުނު ހަމައެކަނި ތައުލީމީ ހަމައެކަނި އިދާރާއަކީ ވިލާ ކޮލެޖު. މި ރޭންކިންގްސްގައި ދުނިޔޭގެ މަތީ %20 ޔުނިވާސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނޭ
ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގްގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަހައްދުން 'ކްލާސް އެކްސްޕީރިއަންސް'އިން އެއްވަނަ ހާސިލްކޮށްފައި
ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، ރާއްޖޭގެ ބާ ކައުންސިލް، އަދި އެލައިޑް ހެލްތު ކައުންސިލް ފަދަ މުހިއްމު އިދާރާތަކުން ގަބޫލުކޮށް، އެކްރެޑިޓްކޮށްފަ އެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ