ވީއައިއޭގެ އާ ޓާމިނަލަށް ސްރީ ލަންކަން އެއާލައިންސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް -- ޓާމިނަލް 1 އިން ލަންކާގެ އެންމެ ބޮޑު އެއް އެއާލައިން, -- ސްރީ ލަންކާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.އެކަމަށްޓަކައި މިއަދު ޓާމިނަލް 1 ގައި ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ސްރީ ލަންކަން އެއާލައިންސަކީ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި 34 ވަނަ އެއާލައިން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުންޏެވެ.މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ