ނަޝީދު، ގާނާއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުން ވަގުތީ ގޮތުން އެފްރިކާ ބައްރުގެ ގާނާއަށް ބަދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ގާނާގެ އަކްރާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ސީވީއެފްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށެވެ.
ރާއްޖެވެސް ބައިވެރިވެގެން ހަދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސީވީއެފްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު ގާނާ ދިރިއުޅުއްވުން ބަދަލުކުރައްވާފައި މިވަނީ ސިޔާސީ މަސައްކަތުން މިވަގުތަށް ދުރަށްޖެހިވަޑައިގަންނަވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރެއްވުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ނަޝީދު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ