އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް މާލެ ސިޓީގެ މޭޔަރު

މާލެ ދާއިރާއަށް މާލެ ސިޓީގެ މޭޔަރު އާޒިމް ވާދަކުރައްވާއިރު އޭނާއާ ވާދަކުރައްވަނީ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހެވެ. ފަލާހަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރިމަތިލައްވައިފި އެވެ. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ލިސްޓު އެ ޕާޓީން މިއަދު އާންމުކޮށްފައިވާއިރު، އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ މާލޭ ދާއިރާގެ ރައީސް ކަމުގެ ބައި-އިލެކްޝަނެވެ. 
މާލެ ދާއިރާއަށް މާލެ ސިޓީގެ މޭޔަރު އާޒިމް ވާދަކުރައްވާއިރު އޭނާއާ ވާދަކުރައްވަނީ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހެވެ. ފަލާހަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. 
މާލޭ ދާއިރާއަށް އާޒިމު ކުރިމަތިލައްވާއިރު ގަލޮޅު އުތުރު ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާދަކުރައްވަ އެވެ. އޭނާއާ ވާދަކުރައްވަނީ އެމްޑީޕީގެ ޒުވާނުންގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތްކުރައްވާ އައިކް އަހްމަދު އީސަ އެވެ. 
21 ދާއިރާއަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓު ނަގަން ނިންމާފައިވާއިރު މި އިންތިހާބުގައި 54 ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ ހަތް އަންހެން ބޭފުޅުންނެވެ. 
ދާއިރާތަކުގެ ރައީސުން އިންތިހާބު ކުރުމަށް ނަގާ ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ