ޤައުމީ ދިފާއީ ބާރުގެ ފަރާތުން ކުރިއަށްއޮތް ޢީދު ދުވަހު މާލެސިޓީގައި ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ބަރަކާތްތެރި ފިތުރު ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، ޢީދުސަލާންޮށް ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އީދ ދުވަހު ހަވީރު މާލެސިޓީގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އީދުހަވީރު ކުރިއަށްދާނީ މާލޭ ސަލްޓަންޕާކުން ފެށިގެން، އިސްލާމީ މަރުކަޒުގެ މައިދާނާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ބޮޑުފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކުރެވިފައިވާ ބޮޑު ސަރަހައްދެއްގައެވެ. މި ސަރަހައްދުތަކުގައި އީދު ހަވީރަށް ޒިޔާރަތްކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނޭ އިންތިޒާމާއި، އީދު އުފަލުގަިއ ބާއްވާ އެކި ކަހަލަ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާނޭކަމަށް އެމްއެންޑިއެފުން ބުންޏެވެ.
Advertisement
މާލެސިޓީގައި މިފަދަ ހަރަކާތެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ މި މުހިއްމު މުނާސަބާގެ އުފަލުގައި ވީހާވެސް ގިނަ ދިވެހި އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމެވެ. މީގެ އިތުރުން ވަކިން ހާއްސަކޮށް ކުދަކުދިންނަށް އީދުގެ އުފާވެރިކަން އިހްސާސްކޮށްދިނުމެވެ. އަދި ޒަމާނުއްސުރެ ކޮންމެ އީދެއްގައި ދިވެހިންގެ މެދުގައި އޮތް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ސަލާންގަލާންކޮށް، މުނިފޫހިފިލުވައި ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތަކަށް ފުރުސަތު ދިނުމެވެ.
އެމްއެންޑިއެފުން ބުނީ، މިފަހަރުގެ އީދު ހަރަކާތް ކުރިއަށްދާނީ ކުޑަކުދިން ގަޔާވާ ކަހަލަ ކަންކަން ހިމަނައިގެން ކަމަށެވެ. ޢީދު ހަރަކާތް ކުރިއަށްދާނީ ފިތުރު ޢީދު ދުވަހުގެ ހަވީރު 4 ކުން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.
ޤައުމީ ދިފާއީ ބާރުން ބޮޑު ޢީދު ހަވީރެއް ބާއްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ