އއ. ތޮއްޑޫގައި ފަތުރުވެރިއަކު ބަރަހަނާކޮށް އުޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިމަންތެރިވުމުން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 ގައި ކަމަށެވެ. ފުލުހުންނަށް ހުށަހަލާފައި ވަނީ އއ. ތޮއްޑުގައި ހުންނަ ގެސްޓް ހައުސްއަށް އައި ފަތުރުވެރިއަކު އެރަށޫ ވަޅުމަގުކޮޅު ބީޗްގައި ބަރަަހަނާކޮށް އުޅުނު މައްސަލައެވެ.
މި މައްސަލަ ރިޕޯޓް ކުރުމާއެކު އެ ސީންއަށް ފުލުހުން ވަނީ އެޓެންޑްވެފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ އެ މީހާގެ ފަރާތުންނަށް ފުލުހުންނަށް އނަިޔާވެ، ފުލުހންގެ ވެހިކަލްއަށް ވެސް ވަނީ ގެއްލުން ވެފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާރު އެ މީހާ ވަނީ ފުލުހންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އެއީ ރަޝިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.
ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ