ސްޓެލްކޯއިން ރާއްޖެއަށް ތައިވާނުގެ މަޝްހޫރު ބެޓަރީ ސައިކަލް ބްރޭންޑު ތައާރަފުކުރަން ނިންމައިފި އެވެ.
ގްގޯރޯ މަރުކާގެ މި ސައިކަލްގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެ އަށް މިހާރު ވަނީ ގެނެސްފަ އެވެ. ނަމަވެސް އެއީ ކިތައް ސައިކަލް ކަމެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެ އެވެ.
ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބެޓަރީ ސައިކަލް ގެންނަ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އެކްސްގައި ހަމައެކަނި "ގޮގްރޯ" ޖެހުމުންނެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފަހުމީ މިއަދު އެކްސްގައި ވިދާޅުވީ ދިވެހިންނަށް ތިމާވެށްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ @WeAreGogoro ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.
ގްގޯރޯ މަރުކާޒުގެ ބެޓަރީ ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާއިރު، އެ ބެޓަރީ ބޭނުން ކުރެވޭ ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެށްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން،" ފަހުމީ ވިދާޅުވި އެވެ.
"މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރަން."
ސްޓެލްކޯއިން ސައިކަލް އެތެރެކުރާތީ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.
ސްޓެލްކޯއިން މާލެއަށް ބެޓަރީ ސައިކަލް ތައާރަފު ކުރަނީ ސްޓެލްކޯއިން މާލެއަށް ބެޓަރީ ސައިކަލް ތައާރަފު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ