ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި

ޓެކަސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފިއެވެ. ދިރާގުން ބުނީ މި މުބާރާތް ކުރިއަށްދާނީ ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ. ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީއިން އިންތިޒާމްކޮށްގެން ރާއްޖޭގެ ރިޒޯޓްތަކަށް ހާއްސަކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މާލެ ޒޯނަށް ހާއްސަ މި ފުޓްސަލް މުބާރާތް ކުރިއަށްދާނީ މިއަދުން ފެށީގެން މި މަހުގެ 29އަށެވެ. މި މުބާރާތަކީ ރިޒޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ: ގްރޫޕް އޭ ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް އެސްއޯ/ މޯލްޑިވްސް ސަން ސިޔާމް އޮޅުވެލީ ވެލައްސަރު މޯލްޑިވްސް އެނބޫދޫ ވިލެޖް ގްރޫޕް ބީ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް އޮޒެން ލައިފް މާދޫ ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ދިރާގަކީ ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ