ކުރިއަށް އޮތް ރަމަޟާން ފަހު ދިހައެއްގައި ޚިދުމަތް ދޭނީ ދެ ދުވަހުކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހާ ދިމާކޮށް ޚިދުމަތް ދޭ ގަޑިތަކަށް އަންނަ ބަދަލު މަރުކަޒީ ބޭންކުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ރަމަޟާން މަހާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ 6 ރޯދައިގެ ދުވަސްތައް، އެމްއެމްއޭއިން ޚިދުމަތް ދޭނީ ހެނދުނު 9:30 އިން މެނދުރު 12:00އަށްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މި ގަޑިތަކުގައި ބޭންކިން ޚިދުމަތާއި ސިޓީ އަދި އެހެނިހެން ތަކެކި ބަލައިގަތުމުގެ ޚިދުމަތް ދޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ރަސްމީ ބަނދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވުމުން، އެ ދުވަސްތަކުގައި ޚިދުމަތް ދޭނީ އެންމެ ދެދުވަހުކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އެއީ މާރިޗު 27 އަދި 29 ވަނަ ދުވަހުއެވެ. އެ ދެދުވަހުވެސް އެމްއެމްއޭއި ރޯދަމަހުގެ ގަޑިތަކުގައި ޚިދުމަތް ދޭނެއެވެ.
މިއަހަރު ރަމަޟާން މަސް އަންނަ މަހު ފެށޭއިރު، އެމަހު ވިޔަފާރިތައް ޚިދުމަތް ދެވޭ، ގަޑިތައްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
ރޯދައިގެ ފަހު ދިހައެއްގައި އެމްއެމްއޭއިން ޚިދުމަތް ދޭނީ ދެ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ